އޮގަސްޓް 19 ގައި ފެށޭ އެމްޑީޕީގެ ކޮންގްރެސް ގައި ބައިވެރިވުމުގެ ދައުވަތު 1400 އަށްވުރެ ގިނަ މަންދޫބުންނަށް ފޮނުވާނެކަމަށް ކޮންގްރެސްގެ ކަންތައްތަކުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސް ރައީސް އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ. އޭގެ ތެރޭގައި 700 އަށްވުރެ ގިން ގޮފި ރައީސް ހިމެނެއެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދު ބުނާގޮތުން ގޮފީގެ ރައީސް އަށް ކޮންގްރެސްގައި ބައިވެރި ނުވެވޭނަމަ ގޮފީގެ ނާއިބު ރައީސް އަށް ކޮންގްރެސްގައި ބައިވެރި ވުމުގެ ފުރުޞަތު ލިބެއެވެ. މިއަދުން ފެށިގެން ކޮންގްރެސްގެ އޮންލައިން ރެޖިސްޓްރޭޝަން ވަނީ ފެށިފައެވެ.